
ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އީރާނުން ދިން ނުރައްކާތެރި ޑްރޯން އަދި މިސައިލް ހަމަލާތަކާ ގުޅިގެން، ކުވެއިތުގައި ތިއްބަވާ އީރާނުގެ ޑިޕްލޮމެޓިކް މިޝަންގެ ދެ މެންބަރަކު "ޕަރސޯނާ ނޮން ގްރާޓާ" ނުވަތަ ކުވެއިތުން ބަލައިނުގަންނަ ބައެއްގެ ގޮތުގައި ކަނޑައަޅައި، ވަގުތުން ޤައުމުން ބޭރުވުމަށް ކުވެއިތުގެ ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ކުވެއިތުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމަށް އީރާނުން ދިން ރަހުމުކުޑަ ހަމަލާތަކާ ގުޅިގެން ރަސްމީކޮށް އިހުތިޖާޖު ކުރުމަށްޓަކައި ކުވެއިތުގައި ހުންނަވާ އީރާނުގެ ޗާޖް އެފެއާޒް އެ މިނިސްޓްރީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
އަދި ކުވެއިތުގައި ތިއްބެވި އީރާނުގެ ދެ ޑިޕްލޮމެޓުންނަށް ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި ކުވެއިތުން ފުރައިގެން ދިއުމަށް ވަނީ މުހުލަތު ދީފައެވެ.
މި ފިޔަވަޅަކީ މިއަދު ފަތިހު ކުވެއިތު އެއާޕޯޓަށް ދެވުނު ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެ، މުހިންމު ވަސީލަތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ދެ ޤައުމުގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކުވެއިތުން އެޅި ހަރުކަށި ފިޔަވަޅެކެވެ.
މި ހަމަލާގައި އިންޑިއާ ރައްޔިތަކުވެސް ވަނީ މަރުވެފައި އެވެ.
ގުޅުންހުރި

އީރާނުގެ ޚުމައިން ސިޓީއަށް އެމެރިކާއިން ހަމަލާ ދީފި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި




