
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން- ފޮޓޯ / ދައުރު
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އާއި ދަ ޑިމޮކްރެޓްސް އުވާލައި ސިޔާސީ ޕާޓީތަކުގެ ރަސްމީ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ތިރީސްވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރަށް ރިއާޔަތްކޮށް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް ޤާނޫނީގޮތުން ލާޒިމުކުރާ ތިންހާސް މެންބަރުން ހަމަކުރުމަށް އެ ޕާޓީތަކަށް ދެވުނު ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް އެ އަދަދަށް މެންބަރުން ހަމަކުރެވިފައި ނުވާތީއެވެ.
މި ނިންމުމާއެކު، އެ ދެ ޕާޓީއަކީ މިއަދުން ފެށިގެން އުވާލެވިފައިވާ ދެ ޕާޓީގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީތަކުގެ ނަންތައް މިހާރު ވަނީ އުނިކުރެވިފައެވެ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރެއްވުމަށް ހުށަހެޅި ޕާޓީއެކެވެ.
އަދި ދަ ޑިމޮކްރެކްޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއިއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް އޭރު އެމްޑީޕީ ތެރެއިން ނުކުމެވަޑައިގެން ދަ ޑިމޮކްރެކްޓްސް އުފެއްެދެވި ބޭފުޅުން މިހާރު ވަނީ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައި އެވެ.
ގުޅުންހުރި

ކިއޫތައް ދިގުވުމުން ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އަށް އިތުރުކޮށްފި

ހިތަދޫ އުތުރު ބައި- އިލެކްޝަން: މިހާތަނަށް ވޯޓުލީ 40 އިންސައްތަ!

ހިތަދޫ އުތުރު ބައި-އިލެކްޝަން: މެންދުރު އެކަކާ ހަމައަށް 32 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި




