logoEN
WAMCO TOP 1
ކުވެއިތަށް އިރާނުން ދިން ހަމަލާގައި 63 މީހަކު ޒަހަމްވި!

ކުވެއިތަށް އިރާނުން ދިން ހަމަލާގައި 63 މީހަކު ޒަހަމްވި!

އަހުމަދު ޝުރާއު

logo

6/3/2026, 11:27:02 AM

# އިރާން

ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް މިއަދު ފަތިހު އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 63 އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

THE TRAVELLER AD

މި ހަމަލާތަކުގައި އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހުނު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ކުވެއިތު އެއާޕޯޓުގެ ޓާމިނަލް އެކަކަށް ކަމަށްވާއިރު، މީގެ ސަބަބުން އެތަނުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެ، ވައިގެ ދަތުރުފަތުރުތައް ވަނީ މެދުކަނޑާލަން ޖެހިފައެވެ. ކުވެއިތުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި މި ހަމަލާގައި އެކަކު މަރުވެފައިވާއިރު، މަރުވީ އެއާޕޯޓުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތެކެވެ.

މީގެ އިތުރުން އެއާޕޯޓުގެ މުހިންމު ވަޞީލަތްތަކުގެ އިތުރުން އެ ސަރަޙައްދުގައި ހުރި ބައެއް ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާއެއް ކަމަށް އެ ފަރާތުން ބުނެއެވެ. މި ހަމަލާއާ ގުޅިގެން ކުވެއިތުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ ދިފާޢީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ޙައްޤު ކުވެއިތަށް ލިބިގެންވާ ކަމަށް ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC