logoEN
WAMCO TOP 1
ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގައި އެކަކު މަރުވެއްޖެ

ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގައި އެކަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/3/2026, 10:26:20 AM

# އިރާން

-

ކުވައިތުގެ ބައިނަލްއަޤުވާމީ އެއާޕޯޓުގެ ޓާމިނަލަކަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި އެކަކު މަރުވެ، ބައެއް މީހުންނަށް އަނިޔާވެއްޖެ ކަމަށް ކުވައިތުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

THE TRAVELLER AD

މި ހަމަލާއާ ގުޅިގެން ކުވައިތުގެ ފޮރިން މިނިސްޓްރީން އެކްސް ގައި ނެރުނު ބަޔާނެއްގައި، އީރާނުން ދެމުންދާ ލޭއޮހޮރުވުން ބޮޑު، ރަހުމުކުޑަ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި އީރާނުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުން ބޭނުންކުރާ މަދަނީ އަދި ޤައުމުގެ މުހިންމު ވަސީލަތްތަކަށެވެ. މީގެ ތެރޭގައި ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އެ ސަރަހައްދުގައި ހުރި ބައެއް ޤައުމުތަކުގެ އެމްބަސީތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އީރާނުން ތަކުރާރުކޮށް ހިންގަމުންދާ މި ފަދަ އުދުވާނީ އަމަލުތަކަށް ރައްދުދިނުމާއި، ޤައުމުގެ ސަލާމަތަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ޙައްޤު ކުވައިތަށް ލިބިގެންވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓު ވަގުތީގޮތުން ބަންދުކުރުމަށްފަހު މިހާރު ވަނީ އަލުން އޮޕަރޭޝަންތަށް ފަށާފައި އެވެ.

ކުވައިތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު، ބްރިގޭޑިއާ ޖެނެރަލް ސައުދު އަބްދުލްއަޒީޒް އަލްއޮތައިބީ ވިދާޅުވީ، މިއީ އީރާނުން ހިންގި ޖިނާއީ އުދުވާނެއް ކަމަށާއި، މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބި، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC