
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
# ފުލުހުން# ދ. ކުޑަހުވަދޫ# ކުޑަހުވަދޫ ޕޮލިސް# ބަނގުރާ ނައްތާލުންކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ - ފޮޓޯ: ފުލުހުން
ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިއީ އެކި މައްސަލަތަކުގައި ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރު ނައްތާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިތަކެތި ނައްތާލާފައިވަނީ އިއްޔެގައި ކަމަށެވެ. އަދި މި ތަކެއްޗަކީ 2023 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުން ބުންޏެވެ.






