logoEN
WAMCO TOP 1
އދގެ 81 ވަނަ ސެޝަންގެ ރައީސްކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އިންތިޚާބުވުމުން ރައީސްގެ މަރުޙަބާ!

އދގެ 81 ވަނަ ސެޝަންގެ ރައީސްކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އިންތިޚާބުވުމުން ރައީސްގެ މަރުޙަބާ!

އަހުމަދު ޝުރާއު

logo

6/2/2026, 3:14:03 PM

# ރައީސް މުއިއްޒު

-

އދ. ގެ އާންމު މަޖިލީހުގެ (ޔޫއެންޖީއޭ) 81 ވަނަ ސެޝަންގެ ރައީސްކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ، ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުހިންމު ދައުރުގައި ޑރ. ޚަލީލުއްރަޙްމާނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި އެމަނިކުފާނުގެ ގާބިލު ލީޑަރޝިޕްގެ ދަށުން، އދ. ގެ އާންމު މަޖިލީހަކީ ހުރިހާ މެންބަރު ޤައުމުތަކަށް ބޭނުންތެރި އަދި މުހިންމު މަންސައެއްގެ ގޮތުގައި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މި ސަރަހައްދުގެ އެހެން ޤައުމުތަކަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ވަރަށް ނުފޫޒުގަދަ އަދި ޝަރަފުވެރި މަގާމެކެވެ. މި މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ދެކުނު އޭޝިޔާ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން އަންނަނީ އެމަނިކުފާނަށް މަރުޙަބާ ކިޔަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC