logoEN
WAMCO TOP 1
ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފި: އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އަށް!

ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފި: އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އަށް!

އަހުމަދު ޝުރާއު

logo

6/2/2026, 10:15:19 AM

# ބޯހިޔާވަހިކަން އެންމެނަށް

-

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.

THE TRAVELLER AD

މި ބަދަލާއެކު، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ސްކީމްތަކާއި ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ސްކީމްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މުއްދަތު އިތުރުކުރި ސްކީމްތަކުގެ ތެރޭގައި "އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް" ގެ ދަށުން ހިންގާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓާއި ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމްތަކުގެ އިތުރުން، ވެށިފަހި މާލެ އަދި ހިޔާ މަޝްރޫޢުން ފުލެޓް ޙަވާލުނުކޮށް ލިޔުން ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހެޅުމަށް ޚާއްސަކޮށްފައިވާ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން "ގޯތިގެދޮރު ޕްރޮގްރާމް" ގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ސްކީމާއި "ބިންވެރިޔާ" ޚާއްޞަ ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.

މި ހުރިހާ ސްކީމްތަކަކަށްވެސް އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަން ޕޯޓަލް (boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހައުސިންގ މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ހަމައަށް ހުރި ނަންބަރުތަކަށް ގުޅުއްވައިގެން ނުވަތަ އެ މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ހެލްޕް ޑެސްކަށް ޒިޔާރަތްކުރައްވައިގެން މަޢުލޫމާތު ހޯއްދެވޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC