logoEN
Sto top
ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް މިހާތަނަށް 500އަށް ވުރެ ގިނަ މީހުން  އެޕްލިކޭޝަން ހުށަހަޅައިފި

ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް މިހާތަނަށް 500އަށް ވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހަޅައިފި

# ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ# ރައީސް މުއިއްޒު# ބޯހިޔާވަހިކަން އެންމެނަށް# ބޯހިޔާވަހިކަން

ފޮޓޯ: ގާފު އޮންލައިން

ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް މިހާތަނަށް 500އަށް ވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Wamco

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިއްޔެގެ ވަގުތެއްގައެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ "ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން ދޫކުރާ ފުލެޓާއި އަދި ބިމަށް އެދި މިހާތަނަށް 218 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބިމާއި ފުލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 399 ފަރާތަކުން ވަނީ ފުލެޓަށް އެދި ހުށަހަޅާފައެވެ.

އަދި 119 ފަރާތަކުން ވަނީ ބިމަށް އެދި ހުށަހަޅާފައެވެ. މީގެއިތުރުން ޑްރާފްޓް ސްޓޭޖުގެ ގޮތުގައި 3836 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުތައް ގެޒެޓުކޮށްފަވާއިރު އަންނަ އެޕްރީލް މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC