logoEN
WAMCO TOP 1
ބީއޯބީޕީ-އައިޖީއޯގެ ގަވަރނިންގ ކައުންސިލްގެ ވައިސް ޗެއަރއަކަށް ރާއްޖެ އިންތިޚާބުކޮށްފި

ބީއޯބީޕީ-އައިޖީއޯގެ ގަވަރނިންގ ކައުންސިލްގެ ވައިސް ޗެއަރއަކަށް ރާއްޖެ އިންތިޚާބުކޮށްފި

އަހުމަދު ޝުރާއު

logo

6/1/2026, 1:18:59 PM

# ފިޝަރީޒް މިނިސްޓްރީ

-

އިންޑިއާގެ މުމްބާއީގައި މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވި، ބޭ އޮފް ބެންގާލް ޕްރޮގްރާމް އިންޓަރ-ގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 14 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި ގަވަރނިންގ ކައުންސިލްގެ ޗެއަރއަކަށް ސްރީލަންކާ އިންތިޚާބުކުރިއިރު، ވައިސް ޗެއަރގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ ދިވެހިރާއްޖެއެވެ.

މި ބައްދަލުވުމަކީ ބީއޯބީޕީ-އައިޖީއޯގެ މެންބަރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ބައިވެރިވާ ޖަމްޢިއްޔާތައް އެއްތަންވި މުހިންމު ބައްދަލުވުމެކެވެ. މީގެ ތެރޭގައި އެފްއޭއޯ، ބިމްސްޓެކް، ސާރކް، ސީފްޑެކް، ޔޫއެންއޯޑީސީ އަދި އީޑީއެފް އިންޑިއާ ފަދަ ޖަމްޢިއްޔާތައް ހިމެނެއެވެ. ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ބޭ އޮފް ބެންގާލް ސަރަޙައްދުގެ އަތިރީގަމުތަކުގެ ދިރިއުޅުން ހުރި މުޖުތަމަޢުތަކުގެ ލާބަޔާއި މަންފާއަށެވެ.

އެގޮތުން ކުދި ފަންތީގެ މަސްވެރިކަމަށް އެހީތެރިވުމަށްޓަކައި ސަރަޙައްދީ އެއްބާރުލުން ވަރުގަދަކުރުމާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ އަސާސީ ބަހާތައް ކުރިއެރުވުމާ ގުޅޭގޮތުން ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން މަސްވެރިކަމުގެ ގަވަރނަންސް ނުވަތަ ހިންގުންތެރިކަން ހަރުދަނާކުރުމާއި، ޤާނޫނާ ޚިލާފަށް ހިންގާ، ރިޕޯޓްނުކުރާ އަދި ބަލަހައްޓަމުން ނުގެންދާ (އައިޔޫޔޫ) މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މެންބަރު ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.

ކޮމެންޓް
ފަހުގެ
HDC