logoEN
WAMCO TOP 1
މާލޭ ޕޯޓުގެ ތޮއްޖެހުން ކުޑަކުރަން ތިލަފުށީ ބަނދަރަށް ކޮންޓޭނަރު އުޅަނދެއް ބަނދަރުކުރުމުގެ ޓްރަޔަލްއެއް ކުރިޔަށް ގެންގޮސްފި

މާލޭ ޕޯޓުގެ ތޮއްޖެހުން ކުޑަކުރަން ތިލަފުށީ ބަނދަރަށް ކޮންޓޭނަރު އުޅަނދެއް ބަނދަރުކުރުމުގެ ޓްރަޔަލްއެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

5/31/2026, 5:36:46 AM

# އެމްޕީއެލް

-

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރަށް ކޮންޓޭނަރު އުޅަނދެއް ބަނދަރުކުރުމުގެ ޓްރަޔަލްއެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ޓްރަޔަލްގެ ދަށުން ތިލަފުށީ ބަނދަރަށް ކާމިޔާބުކަމާއެކު ބަނދަރުކޮށްފައިވަނީ "އެމްއެސްއެސް ގަލީނާ" އެވެ. އަދި އެ އުޅަނދަށް ހުސް ކޮންޓޭނަރުތައް ބަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ފެށުނު އާ އިންތިޒާމުގެ ސަބަބުން ބަނދަރުގެ ތޮއްޖެހުން ކުޑަވެ، މުދާ ހިފައިގެން އަންނަ އުޅަނދުފަހަރު ބަނދަރުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ. މިއީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށީގައި އަލަށް ހަދާ ބައިނަލްއަޤްވާމީ ކޮންޓޭނަރު ޕޯޓް ރަސްމީކޮށް ހުޅުވެންދެން، ބަނދަރުގެ ޖާގައަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްއިން ވަނީ މި މަސައްކަތް ކާމިޔާބުކުރުމުގައި ރޭދުވާލު ބުރަކޮށް މަސައްކަތްކުރި އެ ކުންފުނީގެ މުވައްޒަފުންނަށާއި، މިކަމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން، ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ އިތުރު ވަގުތީ ފިޔަވަޅުތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް އެމްޕީއެލްއިން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC