logoEN
PNC TOP 3
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ރިޝްވާން އިސްތިއުފާދީފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ރިޝްވާން އިސްތިއުފާދީފި

އަހުމަދު ޝުރާއު

logo

4/6/2026, 5:19:58 PM

# އެމްޕީއެލް

-

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އިސްތިއުފާދީފި އެވެ.

PNC MID 2

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޯޑުން ދާދި ދެންމެ އަކު ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، 6 އެޕްރީލް 2026 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް އެމަޤާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

ރިޝްވާން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް މުޙައްމަދު ރިޝްވާން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީމަހުގެ 5 ވަނަ ދުވަހުއެވެ.

ރިޝްވާން ވަނީ ސިފައިންގެ އަދި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާފައެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC