logoEN
WAMCO TOP 1
އައިޓީބީ ޗައިނާ 2026 ގައި ރާއްޖެ އިޝްތިހާރުކޮށްފި

އައިޓީބީ ޗައިނާ 2026 ގައި ރާއްޖެ އިޝްތިހާރުކޮށްފި

އަހުމަދު ޝުރާއު

logo

5/29/2026, 2:51:57 PM

# ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން

-

ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް، އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކުރުމަށްޓަކައި "ވިޒިޓް މޯލްޑިވްސް" އިން ބައިވެރިވި "އައިޓީބީ ޗައިނާ 2026" ފެއާ އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މި މަހުގެ 26 އިން 28 އަށް ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ މި ފެއާއަކީ، ޗައިނާގެ އައުޓްބައުންޑް މާކެޓަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބީ2ބީ ޓްރެވަލް ޓްރޭޑް އެގްޒިބިޝަނެވެ.

ރާއްޖެއިން މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ޗައިނާގެ ޓުއާ އޮޕަރޭޓަރުން، ޓްރެވަލް އެޖެންސީތައް، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތައް އަދި މައިސް (MICE) ޕްލޭނަރުންނާއެކު އޮންނަ ގުޅުން ވަރުގަދަކުރުމެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ސްޓްރެޓީޖިކްގޮތުން ނުހަނު މުހިންމު މާކެޓަކަށްވުމުން، "އައިޓީބީ ޗައިނާ" އަކީ ރާއްޖެ އިޝްތިހާރުކުރުމަށާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

މި ފެއާގެ ތެރެއިން ބައިނަލްއަޤްވާމީ ޓްރެވަލް ޓްރޭޑް ބައިވެރިންނާ އެކު ކުރިން ރޭވިގެން ބޭއްވުނު ބީ2ބީ ބައްދަލުވުންތަކުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ދަތުރުފަތުރުގެ ވަޞީލަތްތަކުގެ ތަފްސީލު ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ސްޓޭންޑުގައި ލަގްޒަރީ ދަތުރުތައް، އާއިލީ ޗުއްޓީ، ހަނީމޫން، ވެލްނަސް، ޑައިވިން އަދި ސަގާފީ ތަޖުރިބާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި އިޝްތިހާރުކުރެވުނު، ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިކަމުގެ ބާވަތްތައް ދައްކުވައިދޭ ޑިޖިޓަލް ކޮންޓެންޓާއި އިޝްތިހާރު ކުރުމުގެ ސާމާނު ވެސް ބޭނުންކޮށްފައިވެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މި ހަރަކާތްތަކުގެ އިތުރުން، ޗައިނާގެ މީޑިއާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ މަޤްބޫލުކަން އެޤައުމުގައި އިތުރަށް ބޮޑުވެގެންދިޔަ ކަމަށާއި ފެއާއާ ދިމާކޮށް ޗައިނާގެ މުހިންމު ޑިޖިޓަލް މަންސަތަކުގައި ހިންގުނު ޚާއްޞަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ބްރޭންޑް އެޤައުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އަދި އެންމެ މުހިންމު އެއް މާކެޓެވެ. އެހެންކަމުން، ވިޒިޓް މޯލްޑިވްސްއިން ދަނީ ޗައިނާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އެ މާކެޓުގެ ފުރިހަމަ ފައިދާ ހޯދުމަށް އިސްކަންދީގެން މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC