logoEN
Sto top
މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

އަހުމަދު ޝުރާއު

logo

11/7/2025, 10:57:35 AM

# ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން

-

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފިއެވެ.

Wamco

މި ގައިޑު ނެރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ލަންޑަންގައި ކުރިޔަށްދާ ޑަބްލިއުޓީއެމްގައި އެވެ. އެގޮތުން މި ގައިޑް ރަސްމީކޮށް ނެރެދެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އަދި އެ ކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާޘް އެވެ.

މި އައު ޑެސްޓިނޭޝަން ގައިޑުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި މުޅިން އައު ތަޖުރިބާތަކާއި، ފަތުރުވެރިންނަށް ޚާއްޞަ ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑުތަކުގައި ހުރުމުގެ އެކިއެކި އިންތިޒާމުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ގައިޑަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެކެވެ.

މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދަކީ، 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ލިބެންހުރި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުމެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ހަރުދަނާވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ބާރުއެޅޭނެ ކަމަށް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC