
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ކެފޭ އެއްގޮތުގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ކޯޓު އުމުރުގެ ދަށުން ފުލުހުން ބަންދުކޮށްފި އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރިފައިވާ އަމުރުގެ ދަށުން ބަންދުކޮށްފައިވަނީ ޏ. ފުވައްމުލައް/ ފުނާޑު، ގުލިސްތާނުގޭގައި ހަދާފައިވާ ބައެކެވެ.
ފުލުހުން ވިދާޅުވީ މިތަނަކީ މާލެ ސަރަހައްދުން ބޭރުގައި ބަންދުކުރި ފުރަތަމަ ތަނަށްވާއިރު، މިތަން ބަންދުކުރުމަށް އަމުރު ނެރިފައިވަނީ ބުދަ ދުވަހު ކަމަށެވެ. އަދި މިތަން 85 ދުވަހަށް ބަންދު ކުރުމަށް އަމުރު ނެރިފައިވެ އެވެ. އަދި މިއީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ނެރުނު ފުރަތަމަ އަމުރު ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ މިގޮތައް ބަންދުކުރާ ތަންތަނަށް އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެ ގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާޙުކޮށް އަމަލުކުރަން ފެށީ، 2026 މާރިޗު 7 ގަ އެވެ.
ގުޅުންހުރި

ފުވައްމުލަކުގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެމީހަކު ހައްޔަރުކޮށްފި
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ




