logoEN
WAMCO TOP 1
ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު ފުވައްމުލަކު ސިޓީގައި ހުޅުވައިފި

ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު ފުވައްމުލަކު ސިޓީގައި ހުޅުވައިފި

# ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް# ފުވައްމުލައް ސިޓީ

ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު ފުވައްމުލަކު ސިޓީގައި- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ހުޅުވައިފި އެވެ.

THE TRAVELLER AD

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ިއސްނަގައިގެން ހުޅުވި ހަބު ހުޅުވައިދެއްވީ ފުވައްމަލު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މި ސެންޓަރު މެދުވެރިކޮށް މިޔަރުގެ ދިރާސާތައް ކުރުމާއި، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ކިޔަވައިދިނުން ހިމެނޭ ކަމަށެވެ. އަދި މިޔަރު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތައް އަދި ރަށްރަށުގެ މުޖުތަމައުތަކާ ގުޅިގެން މަސައްކަތްކުރުމަށް ރޭވިފައިވާ ކަމަށެވެ.

"މިޔަރު ޕްރޮގްރާމް" 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އުފެދިގެންދިޔައިރު، މި ޕްރޮގްރާމްގެ ދަށުން ދަނީ ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ.

އެ ޖަމިއްޔާއިން ފާހަގަކުރާގޮތުގައި މި ހަބަކީ ޖަމިއްޔާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ރަނގަޅުކުރުމަށް އެޅުނު މުހިންމު ބޮޑު ފިޔަވަޅެކެވެ.ފުވައްމުލަކު ސިޓީއަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ މިޔަރުގެ މަންޒިލަކަށް ހެދުމަށް އެ ސިޓީގެ ކައުންސިލާއި ޑައިވިން ސެންޓަރުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ލިބިފަ އެވެ.ރާއްޖޭގެ އެހެން ސަރަހައްދުތަކުން މިހާރު މަދުން ނޫނީ ނުފެންނަ މިޔަރާއި މަޑީގެ ހާއްސަ ބާވަތްތައް ފުވައްމުލަކު ކަނޑުން ފެންނާތީ، މިއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރަށެކެވެ. ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިޔަރުތައް ކައިރިން ބަލައިލުމަށާއި ޑައިވް ކުރުމަށް އެ ރަށަށް ޒިޔާރަތްކުރެ އެވެ.

ކޮމެންޓް
ފަހުގެ
HDC