
ބާޖެއް ގާތް ކުރަނިކޮށް ހުޅުމާލެ ލަކުޑިޖެޓީއަށް ބޮޑެތި ގެއްލުންތަކެއް: މަރާމާތަށް ޖެޓީ ބަންދުކޮށްފި
# އެޗްޑީސީ-
ހުޅުމާލޭ ލަކުޑިޖެޓީ ވަގުތީގޮތުން ބަންދުކޮށްފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ލަކުޑިޖެޓީއަށް ބާޖެއް ގާތްކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ މި ވަގުތު އެޖެޓީ ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށެވެ.
މިއާއިއެކު ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމެންޓްތައް ހަދައި މަރާމާތަށްފަހު އެތަން އަލުން ހުޅުވާލަންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ވަގުތީގޮތުން މަނާކަމެއް ކަމަށެވެ.
އަދި އެޗްޑީސީން ވަނީ މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައި އެވެ.
މިކަމުގެ ސަބަބަުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދުމާއިއެކު އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ދޭ އެއްބާރުލުމަށް ޝުކުރުވެސް ދަންނަވާފައި އެވެ.





