
-
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީގެ ބޯޑު މެމްބަރަކު މިއަދު.ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ބުނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ހއ.ވަށަފަރު، ބޮޑުގެ އަލްފާޟިލް ޔޫސުފް ވަޙީދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކުއްލި ގޮތަކަށް ޔޫސުފް ވަހީދު ވަކިކުރި ސަބަބެއް ޕީސީބީއިންވެސް އެޗްޑީސީންވެސް ހާމައެއް ނުކުރެއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ވަޙީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހެވެ.
ވަޙީދަކީ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓެއްގެ އިތުރުން ޗާޓާޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓެކެވެ.


.jpeg&w=3840&q=75)
.jpg&w=3840&q=75)

