
ސުލްހައިގެ ވަގުތީ އެއްބަސްވުމާއި ހިލާފުވެ އިރާނުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ބާރުގަދަ ޑްރޯނެއް ވައްޓާލައިފި
# އިރާންއިރާނުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ އެމްކިއު-9 ރީޕަރ (MQ-9 Reaper) މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.

އައިއާރުޖީސީގެ ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ އަސްކަރިއްޔާއިން އާރްކިއު-4 (RQ-4) މަރުކާގެ ޑްރޯނަކަށާއި، ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އެފް-35 (F-35) މަތިންދާބޯޓަކަށްވެސް ހަމަލާދީފައިވާ ކަމަށެވެ.
ނަމަވެސް މި ހާދިސާތައް ހިނގީ ކޮން ވަގުތަކުގެ ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، އެމެރިކާއިން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ކުރާ ކޮންމެ ކަމަކަށް ރައްދުދިނުމުގެ "ޝަރުއީ އަދި ފުރިހަމަ" ހައްގު އިރާނަށް ލިބިގެންވާ ކަމަށްވެސް އައިއާރުޖީސީން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ، ގާއިމްކޮށްފައިވާ ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، "ދިފާއީ" ފިޔަވަޅެއްގެ ގޮތުން ރޮކެޓް ފޮނުވާ ސަރަހައްދުތަކަކަށް ހަމަލާދީފައިވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ ބުނެފައެވެ.
ގުޅުންހުރި

އިރާންގެ ޤަޝްމް އައިލެންޑުގައި ބާރުގަދަ ގޮވުންތަކެއް!

އީރާނުގެ ދެ ޑިޕްލޮމެޓުން 24 ގަޑިއިރު ތެރޭ ޤައުމުން ބޭރުވުމަށް ކުވެއިތުން އަންގައިފި

ކުވެއިތަށް އިރާނުން ދިން ހަމަލާގައި 63 މީހަކު ޒަހަމްވި!




