
-
ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ، އަބޫ ދާބީގެ ނިއުކްލިއާ ޕަވާރ ޕްލާންޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ އެވެ.

ޔޫއޭއީގެ ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާ އަމާޒުކުރީ އަލްދަފްރާ ސަރަހައްދުގައި ހުންނަ ބަރަކާ ނިއުކްލިއާ އެނާޖީ ޕްލާންޓަށް ކަމަށެވެ.
އެކްސްގައި އަބޫދާބީގެ މީޑިއާ އޮފީހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ޑްރޯން ވެއްޓުނީ އިންޖީނުގެ ހުންނަ ޕެރިމިޓަރުގެ ބޭރަށް ކަމަށާއި އެއާއި އެކު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން ހަމަލާއާއި ގުޅިގެން އެ ޕްލާންޓުގައި ރޭޑިއޮލޮޖިކަލް ސޭފްޓީ ލެވެލްއަށް އެއްވެސް އަސަރެއް ނުކުރާ ކަންވެސް އެއޮފީހުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
" ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާއިރު، އިތުރު އަޕްޑޭޓްތައް ލިބޭވަރަކަށް ފޯރުކޮށްދޭނެ" އެއޮފީހުގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
ފެޑެރަލް އޮތޯރިޓީ ފޯ ނިއުކްލިއާ ރެގިއުލޭޝަން (އެފްއޭއެންއާރު) އިން ކަށަވަރުކޮށްދިން ގޮތުގައި އަލިފާނުގެ ސަބަބުން އިންޖީނުގެގެ ސަލާމަތަށް ނުވަތަ އޭގެ މުހިންމު ނިޒާމުތަކުގެ ތައްޔާރަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ހުރިހާ ޔުނިޓެއް ވެސް އާންމު ގޮތެއްގައި ހިނގަމުންދާ ކަމަށެވެ.
ގުޅުންހުރި

އަބޫ ދާބީގެ ނިއުކްލިއާ ޕަވާރ ޕްލާންޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

އިރާނުގެ ދެކުނު ބަނދަރެއްގައި އޮތް މުދާ އުފުލާ ބޯޓުތަކެއްގައި ރޯވެ އަނދަމުންދަނީ

އިރާނުން ދޭން ފެށި ކުއްލި ހަމަލާތަކާއިއެކު ދުބާއީ އަދި ޝާރްޖާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި




