.jpeg&w=3840&q=75)
އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް މެޑިކަލް ކޭމްޕެއް ހިންގައިފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# ބަންދު މީހުން# މެޑިކަލް ކޭމްޕް# ގައިދީންފޮޓޯ: ކަރެކްޝަން
އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މެޑިކަލް ކޭމްޕެއް ހިންގައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އެ ޖަލުގައި މެޑިކަލް ކޭމްޕެއް މިއަދު ހިންގާފައިވާ ކަމަށެވެ.
މި މެޑިކަލް ކޭމްޕްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ސަރޖަންއެއް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
އެގޮތުން މި ތިން ދާއިރާގެ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރކޮށްފައިވާ 41 ޤައިދީންނާއި ބަންދުމީހުންނަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވެއެވެ.
މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުމެވެ.
އަދި މުސްތަޤްބަލުގައިވެސް މިފަދަ ކޭމްޕްތައް ޖަލުތަކުގައި ކުރިއަށް ގެންދާނެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް މެޑިކަލް ކޭމްޕެއް ހިންގައިފި

"ސައިކޮލޮޖިކަލް ފަސްޓް އެއިޑް" ޕްރޮގްރާމް 18 އޮފިސަރުން ފުރިހަަމަކޮށްފި

ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން މާފުށީ ޖަލުގައި މެޑިކަލް ކޭމްޕެއް ހިންގައިފި




