
މާފުށި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް ދަތުގެ ފަރުވާގެ ޚާއްސަ މެޑިކަލް ކޭމްޕެއް ފަށައިފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މާފުށި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ދަތުގެ ފަރުވާއަށް ރިފަރކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން، ޖަލުގައި ދަތުގެ ފަރުވާގެ މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކޭމްޕަކީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށާއި، އަވަސް ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މެޑިކަލް ކޭމްޕަކީ ދަތުގެ ޚާއްސަ ޑޮކްޓަރަކާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ހިމެނޭހެން މާލެއިން ޚާއްސަ ޓީމެއް މާފުށި ޖަލަށް ޒިޔާރަތްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ޖަލުން ބޭރަށް ޤައިދީން އުފުލުމުގެ ބަދަލުގައި، ޖަލުގެ ތެރޭގައި މިފަދަ ކޭމްޕެއް ބޭއްވުމުން ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ އަދި ވަގުތުން ފަރުވާ ދިނުމުގެ މަގު ވަނީ ފަހިވެގެންގޮސްފައެވެ.
ކަރެކްޝަންސްއިން ބުނި ގޮތުގައި، މި ފަދަ މެޑިކަލް ކޭމްޕްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޖަލުތަކުގައި ތިބޭ ބަލިމީހުންނަށް ދޭންޖެހޭ ސިއްހީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، އަވަސްކަމާއެކު ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

މާފުށި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް ދަތުގެ ފަރުވާގެ ޚާއްސަ މެޑިކަލް ކޭމްޕެއް ފަށައިފި

މާފުށްޓަށްފަހު ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް!
މާފުށީ ޖަލު ބަލައި ފާސްކުރަން ފަށައިފި




