-1754390470151.webp&w=3840&q=75)
އަމިއްލަ ގޮތުން އޯލެވެލްގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކްކުރަން އެދުމަށް ހުޅުވާލައިފި
# އޯލެވެލް# ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން-
މި އަހަރުގެ ފެބްރުއަރީ/ މާޗް މަހުގައި ބޭއްވި އޯލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން ބުނީ މި އަހަރު ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިހާނުގައި އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް މިހާރުން ފެށިގެން މި އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ފުރިހަމަ ކުރުމަށްފަހު ހުށަހެޅޭނެ ކަމަށެވެ.
ޑީޕީއީއިން ބުނީ އެންކުއަރީސް އެބްއުޓް ރިސަލްޓްއަށް ފީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެކަމަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ރިސިޕްޓް އާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ނަތީޖާ ސްލިޕްގެ ކޮޕީވެސް އެޓޭޗް ކުރަންޖެހޭ ކަމަށެވެ.
މިއަހަރުގެ ބޭއްވި އިމްތިހާނުގެ ނަތީޖާ އިއްޔެއިން ފެށިގެން މިވަނީ ދޫކުރަން ފަށާފަ އެވެ.
މި އަހަރުގެ އިމްތިހާނުގައި 8،218 ދަރިވަރުން ބައިވެރިވެފައިވާއިރު، އިމްތިހާނު 267 ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އޯލެވެލް އިމްތިހާނު މާލޭގައި 21 ސެންޓަރުގައި ކުރިއަށްގެންދިޔައިރު، އަތޮޅުތަކުގައި ގެންގޮސްފައިވަނީ 246 ސެންޓަރެއްގަ އެވެ.


-1722161289894.webp&w=3840&q=75)


