-1722161289894.webp&w=3840&q=75)
އޭލެވެލް އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި
# ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން--
އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު/އޮކްޓޫބަރު މަހު ކުރިއަށް ގެންދާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ހުށަހެޅުމަށް މިއަދުން ފެށީގެން ހުޅުވާލާފައިވާ ކަމަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
އެޕްލިކޭޝަން ފޯމް, ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގެ ކައުންޓަރުން (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ އަށެވެ.
އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.


-1754390470151.webp&w=3840&q=75)

