
7500އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
# އޯލެވެލް# އެޑިއުކޭޝަން މިނިސްޓްރީ# އިމްތިހާނު--
7500އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ, އޯލެވެލް އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާކަމަށެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށާފައިވަނީ އައި.ޖީ.ސީ.އެސް.އީ އިމްތިހާން އަދި އެސް.އެސް.ސީ އިމްތިހާނު ހިމެނޭހެން ޖުމްލަ 7501 ދަރިވަރުންނާއެކުގައެވެ.
އިމްތިހާނުގެ އެންމެ ފުރަތަމަ ހަފްތާއަށް ތާވަލުކޮށްފައިވަނީ އެސްއެސްސީގައި ހިމެނޭ ދިވެހި, އިސްލާމް އަދި އަރަބި މާއްދާތަކަށެވެ. އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 7133 ދަރިވަރުން ބައިވެރިވެއެވެ.
އައިޖީސީއެސްއީ އިމްތިހާނުތައް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހު 2 ވަނަ ދުވަހު އެވެ. އަދި ހުރިހާ މާއްދާއެއްގެ އިމްތިހާނު ނިމޭނީ ޖޫން މަހު 13 ވަނަ ދުވަހު އެވެ.




(1).jpeg&w=3840&q=75)


