
-
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެ ފޭސް 1 އިން ތިންމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) އާއި ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) އެވެ.
މި ތިންމީހުންގެ ތެރެއިން ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ޢަލީ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މަޢުޞޫމް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މި މެއި މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވެއެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހަކު ހައްޔަރަށް!

ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ޖަޕާނުގައި!
.png&w=3840&q=75)
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި




