logoEN
WAMCO TOP 1
މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރަން 12 ސަރަހައްދެއް ބެލެހެއްޓުން ފުލުހުން ވަރުގަދަކޮށްފި

މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރަން 12 ސަރަހައްދެއް ބެލެހެއްޓުން ފުލުހުން ވަރުގަދަކޮށްފި

އަހުމަދު ޝުރާއު

logo

5/19/2026, 5:02:54 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އާންމުކޮށް ޓްރެފިކް އެންމެ ބާރުބޮޑުވާ ކަމަށް ފާހަގަކުރެވިފައިވާ 12 ސަރަހައްދަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓަން ފަށައިފިއެވެ.

THE TRAVELLER AD

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތަކީ މަގުތަކަކީ އެންމެންނަށްވެސް އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ތަންތަނަށް ހެދުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ މަސައްކަތެކެވެ. އެގޮތުން ހެނދުނާއި ހަވީރުގެ ބާރުބޮޑުވާ ގަޑިތަކަށް އަމާޒުކޮށްގެން، ކަނޑައެޅިފައިވާ ޚާއްސަ ޕޮއިންޓްތަކެއްގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެއެވެ.

ފުލުހުން ޚާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބަލަހައްޓަމުންދާ 12 ސަރަހައްދަކީ:

  • ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅުނު ކަންމަތި (އާޓިފިޝަލް ބީޗް ކުރިމަތި)
  • ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރި
  • މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ކަންމަތި
  • އަމީނީ މަގާއި އާމިނާރަނިހިނގުން ގުޅުނު ކަންމަތި
  • ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅުނު ކަންމަތި (ރަސްފަންނު ކުރިމަތި)
  • އަމީނީ މަގާއި ކަނބާއައިސާރަނިހިނގުން ގުޅުނު ކަންމަތި
  • ބޮޑުތަކުރުފާނު މަގާއި ޗާނދަނީ މަގު ގުޅުނު ކަންމަތި
  • އަމީރު އަޙްމަދު މަގު (ރައީސް އޮފީސް ކައިރި)
  • އަމީރު އަހުމަދު މަގާއި ސޯސަން މަގު ގުޅުނު ކަންމަތި
  • މަޖީދީ މަގާއި ސޯސަންމަގު ގުޅުނު ކަންމަތި
  • ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރި
  • މިދިލިމަގު އެއަރޕޯޓް ލައިޓް ކައިރި

މި ސަރަހައްދުތަކަކީ އާންމުކޮށް އޮފީސްތަކާއި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި، އަދި ހަވީރުގެ ވަގުތުތަކުގައި އުޅަނދުފަހަރު ގިނަވެ ތޮއްޖެހުން ބޮޑުވާ ސަރަހައްދުތަކެވެ.

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާން ފެށުމުން ޓްރެފިކް ފްލޯ އަވަސްވެ، މަގުމަތީގެ އެކްސިޑެންޓްތައް މަދުވުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC