
ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ޖަޕާނުގައި!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީތެރިކަމާއެކު ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްގެންދާ ބައިނަލްއަގުވާމީ ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރަކު ބައިވެރިވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފި އެވެ.

މި މަހުގެ 13 އިން ފެށިގެން އަންނަ މެއި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ގުރައިޝީއެވެ.
މި ޕްރޮގްރާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުން ބައިވެރިވެ، ކޮމިއުނިޓީ ޕޮލިސިންގއާ ގުޅޭ އިލްމާއި އަމަލީ ތަޖުރިބާ ހިއްސާކޮށް އުނގެނުމަށް ބާއްވާ ޚާއްސަ ހަރަކާތެކެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން، ބައިވެރިން ނިސްބަތްވާ ގައުމުތަކުގައި ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ޖަޕާނުގައި ކޮމިއުނިޓީ ޕޮލިސިންގ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތާއި، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އިތުރުން، ފުލުހުން ތަމްރީނުކުރުމުގެ އޮނިގަނޑުތައް ދަސްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ ތަމްރީނުތަކުގައި ބައިވެރިވުމަކީ ފުލުހުންގެ ފަންނީ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހަކު ހައްޔަރަށް!

ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ޖަޕާނުގައި!
.png&w=3840&q=75)
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި




