
ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން، ވިސްނުން އެއަށްވުރެ ފުޅާ - އިހްސާން
# އަލީ އިހްސާން-
ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން ކަމަށާއި އެއަށްވުރެ ފުޅާ ވިސްނުންތެރި ދައުލަތެއް ބިނާކުރުމަކީ އަމާޒެއް ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ އިފްތިތާޙްކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫންކަމަށާއި އެއަށްވުރެ ފުޅާ ވިސްނުންތެރި ދައުލަތެއް ބިނާކުރުމަކީ މިމަސައްކަތުގެ އަމާޒެއް ކަމަށެވެ.
އެފަދަ ދައުލަތަކީ އަވަހަށް އިޖާބަދޭ، ރަނގަޅަށް ރޭވުންތައް ރާވާ، ޑޭޓާ ހަރުދަނާކޮށް ބޭނުންކުރާ، މުހިންމު ނިޒާމުތައް ރައްކާތެރިކަން ކަށަވަރުވެފައިވާ، އިތުބާރުހުރި ހިދުމަތްތައް ފޯރުކޮށްދޭ ދައުލަތެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން އޭއައި ބޭނުންކުރާ ދައުލަތެއް ބިނާކުރުމަކީ އިންސާނާގެ ވިސްނުމުގެ ބަދަލުގައި ޒިންމާދާރުކަން ކަނޑާލުން ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ހަރުދަނާ ދައުލަތެއް ބިނާކޮށް ޤާބިލްކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބާރުދުވެލީގައި ކުރިއަރަމުން އަންނަ މި ދުނިޔޭގައި، ދިވެހިރާއްޖެ ވާންޖެހެނީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުން ކުރާ ޤައުމަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި ރާއްޖެ ވާންޖެހެނީ ޓެކްނޮލޮޖީތައް ޤާއިމްކޮށް ބަލަހައްޓާ ޤައުމީ މަސްލަހަތު އިސްކޮށް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމަކަށް ކަމަށެވެ.
މިކަމަށް މަގުފަހި ކުރުމަށް، މޯލްޑިވްސް 2.0ގެ ދަށުން ޤާނޫނާއި އޮނިގަނޑުތައް އެކުލަވާލައި، ޑިޖިޓަލް އިންފްރާސްޓަރަކްޗަރ އަދި އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ނިޒާމުތަކާއެކު ޤައުމީ އޭއައި ޤާބިލްކަން އިތުރުކުރުމަށް މޯލްޑިވްސް އެއައި ލެބް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން، ވިސްނުން އެއަށްވުރެ ފުޅާ - އިހްސާން

މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް - އިހްސާން
.jpg&w=3840&q=75)
އިހްސާނުގެ ވަރުގަދަ ރައްދެއް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީއަށް: "އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން"




