
މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް - އިހްސާން
# އަލީ އިހްސާން-
މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީކޮށް، ސްމާޓް ޕަބްލިކް ސާވިސަސް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"އޭޝިއާ މީޑިއާ ސަމިޓު 2026" ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގައި މޯލްޑިވްސް 2.0ގެ ނަމުގައި ގައުމީ ޑިޖިޓަލައިޒޭޝަންގެ ބޮޑު މަޝްރޫއެއް ފަށާފައިވާއިރު، މިއީ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމާއި، ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޓްރާންސްފޯމަޓިވް އެޖެންޑާއެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މީޑިއާ އާއި ޓެކްނޮލޮޖީ ކުރިއަށްވުރެ ބާރަށް ތަރައްޤީވަމުންދާ ދަނޑިވަޅެއްގައި މިފަދަ މުހިންމު ސަމިޓެއް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެެވެ.
މި ސަމިޓަކީ އިވެންޓަކަށްވުރެ މާ ބޮޑު ސަމިޓެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑިޖިޓަލް ކަނެކްޓިވިޓީއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، އިންސްޓަންޓް ކޮމިއުނިކޭޝަންގެ ސަބަބުން ދުނިޔޭގައި އެއްވެސް ޤައުމަކަށް އެކަނި ކުރިއަށް ނުދެވޭނެ ކަމަށެވެ.
ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއް ތަރައްޤީވަމުން އަންނައިރު ޑިޖިޓަލް ޓްރާންސްފޯމަޝަނަކާ ދިމާލަށް ދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން ޖިއޮގްރަފީގެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ.
އަދި ޚިދުމަތް ފޯރުކޮށްދިނުން ރަނގަޅުކޮށް، މުއައްސަސާތަކުގެ ޤާބިލުކަން ހަރުދަނާކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޕްލެޓްފޯމްސް، އޮޓޮމޭޝަން، އަދި ޑޭޓާ ޑްރައިވަން ސިސްޓަމްސް ހިމެނޭ ގޮތަށް އުފެދިފައިވާ ޓެކްނޮލޮޖީތައް މިހާރު ދަނީ ބޭނުން ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ އިންނެވެ.މމި ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ.
ގުޅުންހުރި

މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް - އިހްސާން
.jpg&w=3840&q=75)
އިހްސާނުގެ ވަރުގަދަ ރައްދެއް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީއަށް: "އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން"

މަސައްކަތް ކުރާނީ މަސައްކަތްތެރިން ބާރުވެރިކުރުވައި ހައްގުތައް ހޯދައިދިނުމަށް: އިޙްސާން




