
ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2 ނިންމާލައިފި
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ-
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ "ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2" ނިންމުމުގެ ރަސްމިޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ހޯމް ޓީމްގައި ހިމެނޭ އެހެނިހެން އިދާރާތަކުުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓީޖިކްއާއި، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނެވެ.
24 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި، މަސައްކަތާ ގުޅުންހުރި އެސައިންމަންޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ އެގޮތުން، ސްޓްރެޓީޖިކް ލީޑަރޝިޕް، ގަވަރނަންސް، ކްރައިސިސް މެނޭޖްމަންޓް، ސައިބަރ ސެކިއުރިޓީ އަދި އިންޓަރ އެޖެންސީ ކޮލޮބަރޭޝަން ފަދަ މައުލޫތައް ހިމަނާފައިވެއެވެ.
އޭގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމާއި، ކޮލޮބަރޭޓިވް ޕްރެކްޓިސް އުނގަންނައިދިނުމުގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ރީޖަނަލް އަދި އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޑިޖިޓަލް ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ފޯރަމް ކުރިއަށް ގެންގޮސްދެއްވީ ނެޝަނަލް ޑިޖިޓަލް ސަރވިސަސްގެ ފަރާތުންނެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ސްޓްރެޓީޖިކް މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑަރޝިޕް ސްކިލްސް ތަރައްގީކުރުމާއި، އަހުލާގީ ނިންމުންތައް ނިންމުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަންޖެހޭ ނިންމުންތަކާއި، ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެއްދުމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެޕްރީލް 26 އިން މެއި 15 އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.
ގުޅުންހުރި

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2 ނިންމާލައިފި

ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން - އިހްސާން
-1778596307988.webp&w=3840&q=75)
އިންސާނީ ވަގުފާރި އާއި ޤަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމަށް ވޯކްޝޮޕެއް ފަށައިފި




