
ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް އަތުލައިގެންފި
# ކަސްޓަމްސް ސާވިސަސް-
ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ސްޓިކްސްތަކެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތު އަތުލައިގެންފައިވަނީ މިމަހުގެ 14 ވަނަ ދުވަހު މާލެ ބަނދަރަށް އައި ބޯޓަކުންނެވެ.
އެގޮތުން ކަސްޓަމްސްއިން ބުނީ މާލެ ބަނދަރަށް އައި ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
މިމައްސަލަ މިހާރު ކަސްޓަމްސްއިން ދަނީ ތަހުގީގު ކުރަމުންދާއިރު މައްސަލައާއި ގުޅޭ ޖިނާއީ ތަހުގީގެއް ކުރިޔަށްދާކަން ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް އަތުލައިގެންފި

ފުލުހުންނާއި ކަސްޓަމްސްއާއި ދެމެދު ގުޅުން ބަދަހިކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފި




