logoEN
WAMCO TOP 1
ފުވައްމުލަކު ހިދުމަތްތެރިޔާ ފާރޫޤް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ފުވައްމުލަކު ހިދުމަތްތެރިޔާ ފާރޫޤް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

# ފުވައްމުލައް ސިޓީ# ރައީސް މުއިއްޒު

ފުވައްމުލަކު ސިޓީ ފާރޫޤް އަހްމަދު

ދިގު ދައުލަތައް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ފުވައްމުލަކު ސިޓީ، މާދަނޑު، ސަމާ ފާރޫޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

THE TRAVELLER AD

ރައީސް ތައުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތައް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި، އަދި ހާއްސަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަގާމުތަކުގައި ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ފާރޫޤް އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާ އަށާއި ފުވައްމުލަކު ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

View post on Twitter

ފާރޫޤް އަކީ ދިވެހި އަދަބިއްޔަތަށާއި، ދިވެހި ތާރީހަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަހްސިއްޔަތެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި! އާމީން" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC