logoEN
WAMCO TOP 1
ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ: "މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް"

ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ: "މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް"

އަހުމަދު ޝުރާއު

logo

5/16/2026, 11:41:29 AM

# ރައީސް މުއިއްޒު

ޑައިވަރުން ގެއްލުނު ސަރަހައްދަށް ރައީސް ކުރެއްވި ޒިޔާރާތުގައި މިއަދު ނިޔާވި ސިފައިންގެ ސްޓާފް ސާޖެންޓު މަހުދީ ރައީސަށް އޮޕަރޭޝަންގެ ތަފްސީލް ދެއްވަނީ:---

ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދަނިކޮށް ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވި ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާމީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

މިކަމާއި ގުޅިގެން ރައީސް ދާދި ދެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށެވެ.

އެގޮތުން ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވާފައި އެވެ.

އަދި ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހެއްޓެވުން އެދި އެމަނިކުފާނު ދުއާ ދަންނަވާފައިވެއެވެ.

އިޓަލީގެ ޑައިވަރުންތަކެއް ގެއްލުނު ހާދިސާއާއި ގުޅިގެން ރައީސް އިއްޔެ ވަނީ އެހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އެދަތުރުފުޅުގައި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ދެއްވުމަށް އެމަނިކުފާނާއި އެންމެ އަރިހުގައި ހުންނެވީވެސް މިއަދު ނިޔާވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

އިޓަލީގެ ޑައިވަރުންތަކެއް ގެއްލުނު ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުރާސްފަތި ދުވަހު ބުނީ ބުނީ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް އެދުވަހުގެ 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށެވެ.

އެގޮތުން ގެއްލުނު ކަމުގެ ރިޕޯޓު ލިބުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، ހާދިސާ ހިނގި ދުވަހުގެ 18:13 ހާއިރު މޫދު އަޑިން ކަމަށާއި އެމީހާގެ ހަށިގަނޑު ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.

ސިފައިން އިތުރަށް ބުނީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު އެސަރަހައްދަށް ފޮނުވާފައިވާ ކަންވެސް ވަނީ ސިފައިން ހާމަކޮށްފައެވެ.

އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެކަންވެސް ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC