logoEN
WAMCO TOP 1
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

5/5/2026, 12:48:37 PM

# އެޗްޑީސީ

-

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

THE TRAVELLER AD

ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގުޅިގެން ދެވޭ ޝަރަފުވެރި އެވޯޑެކެވެ.

މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްޞަދަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. މިގޮތުން ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކަށްވެސް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" (Unmasking the Appeal – Countering Nicotine and Tobacco Addiction) އެވެ. އެވޯޑަށް ކުރިމަތިލާ ފަރާތްތަކަކީ މި ޝިޢާރާ ގުޅުންހުރި މަސައްކަތްތަކެއް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކަށް ވާންޖެހެއެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ދީފައިވާ ސުންގަޑިއަކީ މޭ މަހުގެ 3 ވަނަ ދުވަހެވެ. ނަމަވެސް، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މިހާރު ވަނީ 2026 މޭ 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅޭ ގޮތަށް މުއްދަތު އިތުރުކޮށްފައެވެ.

އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC