logoEN
WAMCO TOP 1
ކުރީގެ ތިން ރައީސުންގެ ތާރީހީ ބައްދަލުވުން މިރޭ!

ކުރީގެ ތިން ރައީސުންގެ ތާރީހީ ބައްދަލުވުން މިރޭ!

އަހުމަދު ޝުރާއު

logo

5/15/2026, 11:52:51 AM

# އިދިކޮޅު ކޯލިޝަން

ކުރީގެ ތިން ރައީސުން:- (މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް)

ސަރުކާރާއި އިދިކޮޅުގައި ތިއްބަވައިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީން އަބްދުލްގައްޔޫމްއާއި މުހައްމަދު ނަޝީދުގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބާއްވާ ޚާއްސަ ބައްދަލުވުން މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

THE TRAVELLER AD

އެގޮތުން މި ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިރޭ 08:00 ގައި މާލޭގައި އެވެ. މި ބައްދަލުވުން އޮންނަކަން ތިން ރައީސުންވެސް ވަނީ ރޭ ކަށަވަރުކޮށްދެއްވާފައި އެވެ.

މިއީ ރާއްޖޭގެ ވެރިކަން ކުރި އަދި ވަކީން ޚާއްސަކޮށް ތަފާތު ސިޔާސީ ފިކުރުގެ ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށްޓަކައި މަޝްވަރާއަށް އެއް މޭޒަކަށް ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

ތިން ރައީސުން އެކުގައި މަސައްކަތްކުރެއްވުމަށް ފުރަތަމަ ގޮވާލެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

އެގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ވިދާޅުވެފައި އެވެ.

ފައްޔާޒުގެ މި ގޮވާލުމަށް އިޖާބަ ދެއްވައި ރައީސް ޔާމީން އިއްޔެ ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި އެކުގައި މަސައްކަތްކުރައްވަން ހުންނެވިކަން ހާމަކުރައްވާފައި އެވެ. އަދި ރޭ ރައީސް ނަޝީދުވެސް ވަނީ މި ބައްދަލުވުމަކީ މިވަގުތު ގައުމަށް ނުހަނު މުހިންމު ބައްދަލުވުމެއް ކަން ހާމަކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC