logoEN
WAMCO TOP 1
ގެއްލިގެން ހޯދަމުން ދަނިކޮށް އަދި މިހާތަނަށް ފެނުނީ އެކަކުގެ ހަށިގަނޑު، 5 މީހުންވެސް މަރުވި ކަމަށް ބުނެވުނީ އޮޅުމަކުން - ފުލުހުން

ގެއްލިގެން ހޯދަމުން ދަނިކޮށް އަދި މިހާތަނަށް ފެނުނީ އެކަކުގެ ހަށިގަނޑު، 5 މީހުންވެސް މަރުވި ކަމަށް ބުނެވުނީ އޮޅުމަކުން - ފުލުހުން

އަހުމަދު ޝުރާއު

logo

5/14/2026, 3:35:30 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ވ އަތޮޅުގައި ސަފާރީއަކުން ޑައިވިންގއަށް ފޭބި ބަޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް ގެއްލުނު 5 މީހަކު މަރުވެފައި އޮތްވާ ފެނިފައިވާ ކަމަށް ބުނެވުނީ "އޮޅުމަކުން" ކަމަށް ފުލުހުން ބުނެފި އެވެ.

THE TRAVELLER AD

މިއަދުގެ އިރުއޮއްސި 18:52 ހާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14 ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާއިރު، ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށްވެސް އޭރު މީޑިއާ އޮފިޝަލް ބުންޏެވެ.

ނަމަވެސް އެހާދިސާގެ ރިޕޯޓު ރާއްޖޭގެ ހުރިހާ މީޑީއާއަކުން ރިޕޯޓުކޮށްފައި ވަނިކޮށް އޭގެ ގަޑިއެއްހާ އިރު ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައިވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.

ނަމަވެސް، މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑު ކަމަށާއި އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ކުރަމުންދާ ކަމުގައި އޮފިޝަލް ބުންޏެވެ.

ފުލުހުން ވަނީ މި ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC