logoEN
WAMCO TOP 1
ޑައިވިންގ އަށް ދިޔަ 5 މީހަކު މަރުވެފައި ތިއްބާ ފެނިއްޖެ - ފުލުހުން

ޑައިވިންގ އަށް ދިޔަ 5 މީހަކު މަރުވެފައި ތިއްބާ ފެނިއްޖެ - ފުލުހުން

އަހުމަދު ޝުރާއު

logo

5/14/2026, 1:53:10 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ވ އަތޮޅު

ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު 5 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ

THE TRAVELLER AD

ފުލުހުން ދާދި ދެންމެ އަކު ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14 ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުންކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ގެއްލުނު މީހުންނާއި މަރުވި މީހާގެ ވަނަވަރު އަދި އެއީ ދިވެހީންކަމެއް ބިދޭސީންތަކެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެޑިޓަރުގެ ނޯޓު: މި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ގެނެސްދިން އިރު ގެއްލިގެން ހޯދަމުންދިޔަ 5 މީހުންވެސް މަރުވެފައިވާ ކަމަށް ލިޔެފައިވަނީ ނޫސްވެރިންނަށް ފުލުހުން އެފަދައިން މައުލޫމާތު ދިނުމުންނެވެ. ފުލުހުން ވަނީ އެއީ މައުލޫމާތުގެ ކުށެއްކަން ހާމަކޮށް މަރުވެފައިވަނީ އެކަކު ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައި އެވެ.

ކޮމެންޓް
ފަހުގެ
HDC