logoEN
WAMCO TOP 1
މަރުވެފައި ތިއްބާ ފެނުނީ އިޓަލީގެ 5 ފަތުރުވެރިއަކު!

މަރުވެފައި ތިއްބާ ފެނުނީ އިޓަލީގެ 5 ފަތުރުވެރިއަކު!

އަހުމަދު ޝުރާއު

logo

5/14/2026, 2:05:29 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު 5 މީހުންކީވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިންކަމަށް ފުލުހުން ބުނެފި އެވެ.

THE TRAVELLER AD

ފުލުހުން ދާދި ދެންމެ އަކު ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14 ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުންކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ގެއްލިގެން ހޯދަމުންދާ 4 މީހުންނާއި މަރުވި މީހާއަކީވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިންތަކެއްކަން ފުލުހުން ވަނީ މިހާރު ހާމަކޮށްފައެވެ.

އެޑިޓަރުގެ ނޯޓު: މި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ގެނެސްދިން އިރު ގެއްލިގެން ހޯދަމުންދިޔަ 5 މީހުންވެސް މަރުވެފައިވާ ކަމަށް ލިޔެފައިވަނީ ނޫސްވެރިންނަށް ފުލުހުން އެފަދައިން މައުލޫމާތު ދިނުމުންނެވެ. ފުލުހުން ވަނީ އެއީ މައުލޫމާތުގެ ކުށެއްކަން ހާމަކޮށް މަރުވެފައިވަނީ އެކަކު ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައި އެވެ.

ކޮމެންޓް
ފަހުގެ
HDC