logoEN
WAMCO TOP 1
މުޅި ރާްއްޖެ ހުދު ސަމާލުގައި!

މުޅި ރާްއްޖެ ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

5/14/2026, 1:18:43 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް މިއަދުގެ 16:00 އިން 22:00 އަށް ހުދު ސަމާލު ނެރެފައި އެވެ. އަދި ކ އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށް 18:00 އިން 00:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައި އެވެ.

މުޅި ރާއްޖެއަށްވެސް ނެރުނު ހުދު ސަމާލުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިދިޔަ އާދީއްތަ ދުވަހު ވަނީ ވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެއިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ށިގެން، ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ.

އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި، މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް، ފަށާ ކަމަށާއި އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު. މޫސުން ފެށިގެންދާ ކަމަށެވެ.

މެޓް އިން މައުލޫމާތު ދޭގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް، ފެށިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހެވެ.

ކޮމެންޓް
ފަހުގެ
HDC