
-
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ފުތަމަ ނެރުނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެގޮތުން އެއިދާރާއިން ނެރުނު ހުދު ސަމާލުގެ މުއްދަތު މިރޭގެ 21:30 އަށް ހަމަވާން ކައިރިވެފައިވާއިރު ހުދު ސަމާލު މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭގެ 03:30 ގެ ނިޔަލަށް ވަނީ ދަންމާލާފައި އެވެ.
ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިދިޔަ އާދީއްތަ ދުވަހު ވަނީ ވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެއިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ށިގެން، ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ.
އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި، މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް، ފަށާ ކަމަށާއި އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު. މޫސުން ފެށިގެންދާ ކަމަށެވެ.
މެޓް އިން މައުލޫމާތު ދޭގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް، ފެށިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހެވެ.



