
50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!
# މޫސުމާއިބެހޭ ގައުމީ އިދާރާ-
50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ އަތޮލުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށެވެ.
އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިދިޔަ އާދީއްތަ ދުވަހު ވަނީ ވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެއިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ށިގެން، ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ.
އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި، މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް، ފަށާ ކަމަށާއި އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު. މޫސުން ފެށިގެންދާ ކަމަށެވެ.
މެޓް އިން މައުލޫމާތު ދޭގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް، ފެށިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހެވެ.
ގުޅުންހުރި

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!

45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ 4 އަތޮޅަށް ހުދު ސަމާލު!




