
ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން - އިހްސާން
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ-
މި ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގަ މޯލްޑިވްސް 2.0ގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖްގެ ސަބަބުން ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ބަރާބަރަށް ފީ ދައްކާ އަދި ހިއުމަން ޓްރެފިކިންގގެ އެއްވެސް މައްސަލައެއް ސިސްޓަމުން މިހާތަނަށް ފެންނަނަށް ނެތް ކުންފުނިތަކަށް ވައިޓް ލިސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.
ގުޅުންހުރި

އދ ގެ ފުރަތަމަ ގްލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ

ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުމަށް ޖަޕާނުން ރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" އެއް ހަދިޔާކޮށްފި

ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑާ ރައީސް ބައްދަލުކުރައްވައިފި




