logoEN
WAMCO TOP 1
އިންސާނީ ވަގުފާރި އާއި ޤަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމަށް ވޯކްޝޮޕެއް ފަށައިފި

އިންސާނީ ވަގުފާރި އާއި ޤަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމަށް ވޯކްޝޮޕެއް ފަށައިފި

އަހުމަދު ޝުރާއު

logo

5/12/2026, 3:50:00 PM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ހިންގާ ދެކުނު އޭޝިއާ ސަރަހައްދުގައި އިންސާނީ ވަގުފާރި އާއި ޤަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމަށް ސަރަހައްދީ ވޯކްޝޮޕެއް ފަށައިފިއެވެ.

THE TRAVELLER AD

މި ވޯކްޝޮޕް ކުރިއަށްދާނީ މި މަހުގެ 12 އިން 14ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ހަރަކާތް މިއަދު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. އަބްދުﷲ ފައިރޫޝްއެވެ.

މި ވޯކްޝޮޕުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝްގެ މަންދޫބުންގެ އިތުރުން، ދިވެހިރާއްޖޭގެ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތްކުރާ އެންޓި-ޓިޕް އޮފީހާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމާއި، އިންސާނީ ވަގުފާރި އާއި ޤަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމާއި، ދިރާސާކުރުމާއި އަދި ގައުމުތަކުގެ މެދުގައި އެ މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރުމެވެ.

އަދި ހަމައެއާއެކު، އެފަދަ ކަންކަން ހިނގާ ގޮތް ދެނެގަތުމުގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ތަހުގީގުތަކަށް އެހީތެރިވުމުގެ އިތުރަށް ހަރުދަނާ ސިޔާސަތުތަކާއި އިޖާބަތައް އެކުލަވައިލުމަށް އިތުބާރު ހުރި މައުލޫމާތަކާ ގުޅިގެން އެކި ގައުމުތަކާއެކު މުހިންމު މަޝްވަރާތައް ހިންގުމެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، މިއީ ގައުމީ ފެންވަރުގައި މިފަދަ ކަންކަމާގުޅޭ މައުލޫމާތު ވިލަރެސްކުރުން ވަރުގަދަކުރުމަށާއި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި، އަދި ހެކީގެ މައްޗަށް ބިނާކޮށް އިންސާނީ ވަގުފާރި އާއި މީހުން އެތެރެކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަރަހައްދީ ބައިވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC