logoEN
WAMCO TOP 1
މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް!

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް!

އަހުމަދު ޝުރާއު

logo

5/12/2026, 11:03:01 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކަށް މިއަދު ރާއްޖެއަށް ވަޑައިގެންނެވި މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

THE TRAVELLER AD

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން މިއަދު ވަނީ 18 ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވާފައެވެ.

ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ބައިވެރިވެލެއްވިއެވެ.

ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ޙައްޖު މޫސުމުގައި ފުރާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮމެންޓް
ފަހުގެ
HDC