
އިލެކްޝަންސް ކޮމިޝަން -
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޒާހިދު އެ މަޤާމާއި މެންބަރުކަމުން މިމަހު 1ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 3 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މި މުއްދަތުގައި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ކައިރިކައިރީ އިންތިހާބު ބޭއްވުމަށް އަދިވެސް ހައްލެއް ބޭނުންވޭ- ޝަކީލް
.jpeg&w=3840&q=75)
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި

އީސީގެ މެމްބަރުކަމަށް ޝަކީލް ޢައްޔަންކުރައްވައިފި




