
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމަށް 20 ވަނަ ދުވަހު ހުޅުވާލަނީ
# ނުކުޅެދުންތެރިކަން ހުންނަ މީހުން# އާއިލީ ބޯހިޔާވަހިކަން# ބޯހިޔާވަހިކަންފްލެޓް
ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި އެ ފަރާތުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ20 ވަނަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ފްލެޓަށް އެދެވޭގޮތަށް އުސޫލު އިސްލާހްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ މިދިޔަ މަހު އެވެ.
ހައުސިންގް މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ބެލެނިވެރިޔާއަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލާއިރު، މިއަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މި އުސޫލަށް ގެނައި ބަދަލުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭނީ ފޯމް ފުރުމަށް ދަތިވާ ފަރާތްތައް އަދި 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންގެ ފަރާތުންނެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ވަކިން މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 1 ވަނަ ދުވަހު އެވެ.
މި ފުރުސަތު ހުޅުވާލާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކުރުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭނެ އެވެ. މިދިޔަ ފެބްރުއަރީ މަހު އުސޫލަށް ބަދަލު ގެނައުމުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކޮށްދިނުމަށްޓަކައި ހަމައެކަނި އެބައިގައި ފާހަގައެއް ޖެހުމުން ފުދެ އެވެ. އަދި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވަނީ ކުޑަކޮށްދީފަ އެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅެނީ ، މާލެ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުންނަށެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމަށް 20 ވަނަ ދުވަހު ހުޅުވާލަނީ

ރަށްވެހިކަން މާލެއަށް ބަދަލުކުރިތާ އަހަރެއް ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭގޮތް ހަދައިފި

މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް




