
-
ބިދޭސީންގެ މައްސަލައަށް މި ސަރުކާރުން ފުރިހަމަ ހައްލު ހޯދާދައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" އާއި ގުޅޭގޮތުން ބައެއް މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ނޫން ކަމަށާއި އެއީ، އެމީހުންނަކީ ކޮންބައެއް ކަމާއި އުޅޭތަންތަނުގެ މައުލޫމާތު ސާފުކޮށް އެމީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ބިދޭސީންގެ ކަންކަން ކޮށްފައި އޮތީ ޒިންމާދާރުކަން ކުޑަކޮށް، ބިދޭސީންގެ އިންސާނީ ކަރާމާތް ގެއްލޭގޮތަށް ކަމަށެވެ. މިސަރާރުން މިހާރު ރާއްޖޭގައި ދިރިއުޅޭ 98 އިންސައްތަ ބީދޭސީންނަކީ ކޮންބައެއްކަން އެނގި، ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނަގައި ނިންމާ އެމީހުން ރެގިއުލަރައިޒްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށްވާ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ސަރުކާރުން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ، ވަށައިޖެހޭގޮތެއްގެ މަތިންކަމަށާއި އެމަސައްކަތް ކާމިޔާބުކަމާއި އެކު ހާސިލްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި

ބިދޭސީންގެ މައްސަލައަށް މި ސަރުކާރުން ފުރިހަމަ ހައްލު ހޯދާނަން - ރައީސް

ޕޭ ހަރމަނައިޒް ކުރިއިރު މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބޭނެ!

ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލަން ހަގީގަތެއް ނެތް ވާހަކަދެއްކުން "ކޫލް" އެއް ނޫން - ރައީސް




