
ދިވެހި ސިފައިންގެ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް، ކިހާދޫގައި ގާއިމްކޮށްފި
# ރައީސް މުއިއްޒު-
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމްއެންޑީއެފްގެ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މި ސްކޫލު އިފުތިތާޙުކޮށްދެއްވާފައި ވަނީ މޭ 9ވަނަ ދުވަހުގެ ރޭ ބޭއްވި ސިފައިންގެ އަހަރީ ޖަލްސާގައެވެ.
ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ މި ތަމްރީނު މަރުކަޒަކީ ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ސިފައިން ތަމްރީނުކުރުމަށް ޓަކައި، ރާއްޖޭގައި ޤާއިމުކުރެވޭ މިފަދަ ފުރަތަމަ ތަމްރީނު މަރުކަޒެވެ. މި މަރުކަޒުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންމެ އިސް، ޤައުމީ އެއް މަޝްރޫޢު ކަމުގައިވާ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3ގެ ފެންވަރަށް ފެތޭ 4 މަސް ދުވަހުގެ މި ތަމްރީނުތަކުގައި، އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގ އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، ދަނީ ޢަމަލީގޮތުން އުނގަންނައިދެމުންނެވެ. ސިފައިންގެ ތަފާތު ފަންނީ ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން ތަމްރީނުވާ އެ ދަރިވަރުންނަށް ފަންނީ ދާއިރާތަކުގެ އިތުރުން ސިފަވަންތަ އަޚްލާޤާއި، ވަގުތަށް ބޯލެނބުމާއި، ކޮންމެފަދަ ގޮންޖެހުން ބޮޑު މާޙައުލެއްގައި ވެސް، ކެތްތެރިކަމާއެކު މަސައްކަތް ކުރާނެ ގޮތްތައް ދަނީ ދަސްކޮށްދީ އުނގަންނައިދެމުންނެވެ.
މި މަރުކަޒުގައި މިހާރު ހިންގަމުންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުގައި، ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 65 ދަރިވަރުން ދަނީ އުނގެނެމުންނެވެ. މީގެ ތެރޭގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ، 49 ފިރިހެންކުދިންނާއި 16 އަންހެންކުދިން ހިމެނެއެވެ.
ގުޅުންހުރި

ބިދޭސީންގެ މައްސަލައަށް މި ސަރުކާރުން ފުރިހަމަ ހައްލު ހޯދާނަން - ރައީސް

ޕޭ ހަރމަނައިޒް ކުރިއިރު މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބޭނެ!

ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލަން ހަގީގަތެއް ނެތް ވާހަކަދެއްކުން "ކޫލް" އެއް ނޫން - ރައީސް




