
ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލަން ހަގީގަތެއް ނެތް ވާހަކަދެއްކުން "ކޫލް" އެއް ނޫން - ރައީސް
# ރައީސް މުއިއްޒު-
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލުމަށްޓަކައި ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކޮންމެ ހޯމަ ދުވަހެއްގައި ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މުހައްމަދު ނަޝީދު ވަނީ އިންޑިއާ އިން ނަގާފައިވާ ދަރަންޏާ ގުޅޭގޮތުންނާއި ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކާއި ގުޅުންތަކަށް ފާޑުވިދާޅުވާ މޭރުމަކުން އިންޑިއާގެ މީޑިއާތަކާއި ވާހަކަފުޅު ދައްކަވައިފަ އެވެ.
މިކަމަށް ރައްދު ދެއްވައި ރައީސް މިއަދު ވިދާޅުވީ ދަރަނިތަކާއި ގުޅޭގޮތުން ރާއްޖެއާއި މެދު ނުރަނގަޅު ތަސައްވުރެއް އުފައްދައި ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލުމަށްޓަކައި ހަގީގަތެއް ނެތް، އެއްވެސް އަސާސެއް ނެތް ގޮތަށް އެކިކަހަލަ ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެންމެ ބޮޑަށް ހައިރާންފުޅު ވަނީ އެވަހާކަތައް ދައްކަމުންދާ ފަރާތްތަކަކީ ދަރިނިތައް ނެގި ބޭފުޅުންކަމަށް ވުން ކަމަށެވެ. އެގޮތުން ދަރަނިތައް ދައްކަމުންދާތީވެސް އެފަރާތްތަކުން ކަންބޮޑުވާކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެބަޔަކު ވާހަކަދައްކަންވީ ގޮތެއް އިނގޭނީ އެބަޔަކަށް ކަމަށާއި އެހެން ނަމަވެސް އެއީ މާ "ކޫލް" ކަމެއް ނޫން ކަމަށެވެ.
އަދި އެމަނިކުފާނާއި ސަރުކާރުން މިކަންކަމުގެ މައުލޫމާތު ތެދުކޮށް ހަގީގަތާއި އެއްގޮތަށް އަބަދުވެސް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ގުޅުންހުރި

ބިދޭސީންގެ މައްސަލައަށް މި ސަރުކާރުން ފުރިހަމަ ހައްލު ހޯދާނަން - ރައީސް

ޕޭ ހަރމަނައިޒް ކުރިއިރު މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބޭނެ!

ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލަން ހަގީގަތެއް ނެތް ވާހަކަދެއްކުން "ކޫލް" އެއް ނޫން - ރައީސް




