
ރައްޔިތުންނާއިއެކު ރައީސް ބާއްވަވާ ބައްދަލުވުންތަކުގެ ދެވަނަ ބުރު އަންނަ މަހު ފަށަނީ
# ރައީސް މުއިއްޒުނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކޮންމެ ހޯމަ ދުވަހެއްގައި ބާއްވަމުންދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ މީގެކުރިންވެސް ރައްޔިތުންގެ އަޑުއެއްސެވުމުގެ ގޮތުން ބާއްވަމުންދިޔަ ބައްދަލުވުންތައް ޖޫން މަހުގައި އަލުން ފެށުމަށް ނިންމާފައިވާއިރު، ކުރިއެކޭ އެއްގޮތައް މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއި، ވަކިވަކި ސިނާއަތްތަކުގެ ހަރަކާތްތެރިވާ ފަރާތްތައް އަދި އަތޮޅުތަކުގެ ރަށްތަކުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން. އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް ޕްރޮފެޝަންތަކާ ވަކިވަކިން ބައްދަލުކުރަން ނިންމާފަައިވޭ." ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާގޮތައް މަސައްކަތްތައް ބައްޓަންކުރެވޭތޯ މަސައްކަތްކުރާ ކަމަށާއި އެއީ ރައްޔިތުން އެދޭގޮތައް، ރައްޔިތުންގެ ވިސްނުމާ އެއްގޮތައް ކަންތައްތައް ގެންދިއުމާއި، ރައްޔިތުންގެ ފަރާތުން ސީދާ ރައީސްއާ ހަމައަށް ނައިސް ހުންނަ މައްސަލަތައް ހައްލުކޮށްދިނުމުގައިވެސް ފަސޭހަތަކެއްވެގެންދާކަމެއް ކަމަށެވެ،
ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސްގެ އަމާޒެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ބިދޭސީންގެ މައްސަލައަށް މި ސަރުކާރުން ފުރިހަމަ ހައްލު ހޯދާނަން - ރައީސް

ޕޭ ހަރމަނައިޒް ކުރިއިރު މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބޭނެ!

ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލަން ހަގީގަތެއް ނެތް ވާހަކަދެއްކުން "ކޫލް" އެއް ނޫން - ރައީސް




